ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ނެރޭ މެނިފެސްޓޯއަކީ ރާއްޖެ ވެއްޓިފައިވާ ފުން ވަޅުގަނޑުން އަރައިގަތުމަށްޓަކައި، ހައްލު ހޯދާނެ މެނިފެސްޓޯއަކަށް ވާނެ ކަމަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. »އިތުރު ތަފްސީލް
ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް އަވަސްކުރާކަށް އަދި ލަސްކުރާކަށް ވެސް ނުޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރ ތަސްމީން ވިދާޅުވެއްޖެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތް އަވަސްކުރާކަށް އަދި ލަސްކުރާކަށް ވެސް ނުޖެހޭ ކަމަށާއި، ޝަރުޢީ ދާއިރާއިން އަމަލު ކުރަންޖެހޭނީ އެއްމެންނަށް އެއްހަމައަކުން އެއްއުސޫލުން ކަމަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. »އިތުރު ތަފްސީލް
ޑީއާރުޕީގެ ވިޔަފާރި ގޮފީގެ ރައީސަކަށް އަހުމަދު މުހައްމަދު އިންތިޚާބުވެއްޖެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ވިޔަފާރި ގޮފީގެ ރައީސަކަށް، މިހާރުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރ އަހުމަދު މުހައްމަދު އިންތިޚާބުވެއްޖެއެވެ. އަހުމަދު މުހައްމަދު މިމަޤާމަށް އިންތިޚާބުވީ، ކުރިން އެމަޤާމުގައި ހުންނެވި ޑރ. އަބުދުﷲ މައުސޫމް އިސްތިއުފާ ދެއްވުމާ ގުޅިގެން އަލުން އެމަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ރޭބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޢުލަބިއްޔަތު ވޯޓު ލިބިގެންނެވެ. »އިތުރު ތަފްސީލް
ޑރ. މުޙައްމަދު ވަޙީދާ އެމަނިކުފާނަށް ތާއީދުކުރައްވާ ސިޔާސީ ޕާޓީތަކާއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޑީއާރުޕީ ނުކުތުމަކީ، ދިވެހި ޤައުމުގެ މުސްތަޤްބަލަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް- ތަސްމީން
މިއަދު ޑީއާރުޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީޑަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ ދެއްކެވި ވާހަކަފުޅުގެ ރަސްމީ ޓްރާންސްކްރިޕްޓް
ހޯމް މިނިސްޓަރަކަށް ހުންނެވި ޖަމީލް އެމިނިސްޓްރީ ހިންގަވާގޮތުން ކަންބޮޑުވާ ކަމަށް ޑީއާރުޕީގެ ލީޑަރު ތަސްމީން ވިދާޅުވެއްޖެ.
ހޯމްމިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ހޯމް މިނިސްޓްރީ ހިންގަވާގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. ތަސްމީން މިގޮތަށް ވިދާޅުވީ ކ.ތުލުސްދޫގައި ރޭ ބޭއްވި ޑީއާރުޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. »އިތުރު ތަފްސީލް
ނޫސްބަޔާން: ކެނދިކުޅުދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީއޭ އިން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔަން
ނ.އަތޮޅު ކެނދިކުޅުދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަންގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ހޯދި ކާމިޔާބީއަށް ޑީއާރުޕީއިން މަރުހަބާ ކިޔަމެވެ.
އެމްޑީއޭއިން އަލަށް ވާދަކުރި މިއިންތިޚާބުގައި، ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީއޭ ކާމިޔާބު ކުރީތީ އެމްޑީއޭ ލީޑަރޝިޕަށާއި، ކެންޑިޑޭޓު އަހުމަދު ރިޒްލީން އަށް، ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީގެ ފަރާތްޕުޅުންނާއި، ޑީއާރުޕީގެ އާއްމު މެމްބަރުންގެ ފަރާތުން ތަހުނިޔާ ދަންނަވަމެވެ. »އިތުރު ތަފްސީލް
ޑީއާރުޕީގެ ހާއްސަ ޖަލްސާއެއް ޑީއާރުޕީ ހަރުގޭގައި ބާއްވައިފި.
1 މޭ 2013
ޑީއާރުޕީގެ ހާއްސަ ޖަލްސާއެއް ޑީއާރުޕީ ހަރުގޭގައި މިރޭ ބާއްވައިފިއެވެ. މިޖަލްސާގައި އާމެމްބަރުންތަކެއް ޑީއާރުޕީއާ ގުޅުނުއިރު، މީގެތެރޭގައި ޕީޕީއެމްގެ މެމްބަރުންނާ ވަކިޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންވެސް ހިމެނެއެވެ. »އިތުރު ތަފްސީލް
ނޫސްބަޔާން: އިސްލާމްދީނާއި ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަ ކުށްވެރިކުރަން.
ކުރީގެ ރައީސް މުޙަންމަދު ނަޝީދު ދާދިފަހުން ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި މާތްވެގެންވާ އިސްލާމްދީނާ ކީރިތި ރަސޫލާ صلىاللهعليهوسلمގެ ޝަޚްޞިއްޔަތުގެ ކަރާމާތަށް ހުތުރުވާ ގޮތަށް ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އިސްލާމްދީނަށް ނިސްބަތްވާ ދިވެހި ދަރިޔަކު ދައްކަން އެކަށީގެންވާ ވާހަކަތަކެއް ނޫނެވެ. »އިތުރު ތަފްސީލް
ނޫސްބަޔާން: އިންތިޚާބުތަކާއި ގުޅިގެން އިންތިޚާބާބެހޭ ކޮމިޓީއަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ
މިމަހުގެ 23 އިން 25 އަށް ބޭއްވުނު ދިވެހި ރައްޔިތުންގެ ޕާޓީގެ 4ވަނަ ޤައުމީ ޖަލްސާގެތެރޭގައި ބޭއްވުނު އިންތިޚާބުތަކާއި ގުޅިގެން، އިންތިޚާބާބެހޭ ކޮމިޓީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާ ކަމަށް އިންތިޚާބާބެހޭ ކޮމިޓީއިން ހާމަކޮށްފިއެވެ. ޑީއާރުޕީގެ ޤައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކާބެހޭ ޤަވާއިދުގެ 21 ވަނަ މާއްދާގެ ށ.ގައި ވާގޮތުން ޤައުމީ ޖަލްސާގައި ބޭއްވޭ އެކިއެކި އިންތިޚާބުތަކާ ގުޅިގެން އުފުލޭ ޝަކުވާއެއްވާނަމަ، އެއިންތިޚާބެއް ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި، އެޝަކުވާއެއް އިންތިޚާބާބެހޭ ކޮމިޓީއަށް ހުށަހަޅަންވާނެ އެވެ. »އިތުރު ތަފްސީލް
ޑީއާރުޕީގެ ޤައުމީ ޖަލްސާ ނިންމުމުގެ ގޮތުން ހާއްސަ ޖަލްސާއެއް އާޓިފިޝަލް ބީޗް ގައި ބާއްވައިފި.
ޑީއާރުޕީގެ ޤައުމީ ޖަލްސާ ނިންމުމުގެ ގޮތުން ހާއްސާ ޖަލްސާއެއް އާޓިފިޝަލް ބީޗް ގައި ބާއްވައިފިއެވެ. މިޖަލްސާގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީގެ އިތުރުން ޤައުމީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އިބްރާހިމް ހަސަން އާއި، ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ ޑރ.އަބުދުﷲ މައުސޫމްއާއި، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުންނާއި، މަޖިލީސް މެމްބަރުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ޑީއާރުޕީއަށް ނިސްބަތްވާ މިސަރުކާރުގެ ވަޒީރުންނާއި، ޑީއާރުޕީއަށް ތާއީދުކުރާ ގިނައަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ. »އިތުރު ތަފްސީލް








